އަދީބުގެ އެމްޓީޑީއަށް 3،000 މެންބަރުން ހަމަނުވާތީ އުވާލައިފި
ސަން
26 އޯގަސްޓު 2025 | އަންގާރަ | 6:56
ސިޔާސީ ކޮންމެ ޕާޓީއެއްގައި ވެސް މެންބަރުން ތިބެން ޖެހޭ އަދަދު ކަމަށްވާ 3،000 މީހުން، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގައި ހަމަނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އެ ޕާޓީ އުވާލައިފިއެވެ.
އީސީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ، އެމްޓީޑީ އުވާލަން އީސީން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެއީ، ޕާޓީގެ 3،000 މެންބަރުން ހަމަނުވާނަމަ އެ އަދަދަށް މީހުން އިތުރުކުރަން ތިން މަސް ދިނުމަށްފަހު، އަދަދު ހަމަނުވާނަމަ އެ ޕާޓިއެއް އުވާލުމުގެ ބާރު ކޮމިޝަނަށް ދީފައިވާ މާއްދާގެ ދަށުންނެވެ.
އީސީގެ ދަފުތަރުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް އެމްޓީޑީގައި ތިބީ 2272 މެންބަރުންނެވެ.