ކޮންމެ ރަށަކަށް މީހަކު ނުފޮނުވުނަސް ވާހަކަދެއްކުންތެރިކަން ކުރިއެރުވޭނީ ލޯތްބާއި ޝައުގު ހުރެގެން: އަޝްރަފް

ސަން

27 އޯގަސްޓު 2025 | ބުދަ | 3:03

ވާހަކަދެއްކުންތެރިއަކު ކޮންމެ ރަށަކަށް ފޮނުވުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް، ވާހަކަދެއްކުންތެރިކަން ކުރިއެރުވުމަށް ބޭނުންވަނީ ދިވެހި ބަސް ދެކެ ލޯބިވުމާއި، ބަހަށް އޮތް ގަދަރާއި ޝައުގުވެރިކަން ކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެއެވެ.

އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ޤައުމީ މުބާރާތް ފެށުމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ދިވެހިބަހާއި، ދިވެހީން ބީރައްޓެހި ވާހަކައަކީ އަބަދުވެސް މީހުން ދައްކާ ވާހަކައެއް ކަމަށެވެ. އެހެން ނަމަވެސް ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކުރާ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު މަދުނުވާ ކަމަށް ވިދާޅުވެ، އެއީ "އުފާވެރިކަމުގެ ނިޝާނެއްގެ"ގޮތުގައި އަޝްރަފް ސިފަކުރެއްވިއެވެ.

މި އަހަރުގެ މަޒުމޫނު ލިއުމުގެ މުބާރާތާއި، ވާހަކަދެއްކުމުގެ މުބާރާތާއި، ޅެން ހެދުމުގެ މުބާރާތް ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވައިލިއިރު 2،600 ދަރިވަރުން ބައިވެރިވި ކަމަށާއި، އެއީ ކުޑަ އަދަދެއް ނޫން ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މައުޟޫޢުތަށް