މޭޔަރުކަމުގައި ހުރިއިރު އެމްޑީޕީން ކުރި ކަހަލަ ޖެއްސުމެއް މި ސަރުކާރުން ނުކުރާނެ: ރައީސް
ސަން
27 އޯގަސްޓު 2025 | ބުދަ | 12:40
މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު އެމަނިކުފާނަށް އެމްޑީޕީގެ ކުރީ ސަރުކާރުން ކުރިމަތިކުރުވި ދަތިތަކާއި ޖެއްސުން، މި ސަރުކާރުން ކައުންސިލްތަކަށް ނުކުރާނެ ކަމަށާއި، މަޝްރޫއުތައް ހިންގައި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކުރުން އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް އެމަނިކުފާނު ތަސްދީގުކުރެއްވުމާ ގުޅިގެން ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، އެމަނިކުފާނުގެ ނިންމެވުން ދިފާއުކުރައްވައިފައެވެ.
އެގޮތުން "އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ އިސްލާހެއް ނުގެންނަވަން" ކަމަށް ރައީސް ވިދާޅުވިއެވެ.