އިންޒާރަކަށް، ބިރަކަށް ނުބަލައި، މުލީއާގެ ދޮށަށް ވެސް ނޫސްވެރިން އެއްވެއްޖެ
ސަން
27 އޯގަސްޓު 2025 | ބުދަ | 4:00
މީޑިއާ 'ކޮންޓްރޯލް ކުރުމަށް' ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިންތަކަކަށް ގާނޫނީ އިންޒާރުދިން ފަހުން ވެސް ރައީސް އޮފީސް ދޮށުގައި މުޒާހަރާކުރުމަށްފަހު، މުލީއާގެ ކައިރިއަށް ވެސް އެއްވެ އިހުތިޖާޖުކޮށްފިއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދައުރުން ބޭއްވި މިއަދު ބައްދަލުވުމެއްގައި ވަނީ ބިލު ބަލައިގެންފައެވެ. އެއީ 49 މެންބަރުންގެ ތާއިދާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
އެ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.