އެމްއެންޔޫއަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތާއެކު، ލައިބްރަރީ ދުވަސް ފާހަގަކުރަނީ
ސަން
27 އޯގަސްޓު 2025 | ބުދަ | 5:00
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން މި އަހަރު ވެސް ޔުނިވާސިޓީގެ އަހަރީ ދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތަކަކާއެކު ލައިބްރަރީ ދުވަސް ފާހަގަކުރަން ތައްޔާރުވެއްޖެއެވެ.
އެމްއެންޔޫއިން ބުނެފައިވާ ގޮތުން އަންނަ ހޯމަ ދުވަހަށްވާ، ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ ލައިބްރަރީ ދުވަހުގެ ބޭނުމަކީ، ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ތަޢުލީމީ ހަޔާތުގައި ލައިބްރަރީ އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމާއި، އާންމު ރައްޔިތުންގެ ބައިވެރިވުމާއެކު ފޮތްކިޔުމަށް ހިތްވަރުދިނުމެވެ.
އެމްއެންޔޫއިން ހާމަކުރާ ގޮތުގައި، މި އަހަރުގެ ލައިބްރަރީ ދުވަހުގެ ތީމްއަކީ "ރެޓްރޯ ތީމް" އެވެ. މި ތީމްގެ ދަށުން 1970، 1980 އަދި 1990ގެ އަހަރުތަކުގެ ހަނދާންތައް އައުކޮށްދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި: