ސަރުކާރުގެ ދެވަނަ އައިނު ފިހާރަ ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި

ސަން

27 އޯގަސްޓު 2025 | ބުދަ | 7:12

އާސަންދައިގެ ދަށުން ހިލޭ އައިނު ހެއްދުމުގެ މަގު ތަނަވަސްކޮށްދީ، ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ ދެވަނަ އައިނު ފިހާރަ މިއަދު ހުޅުވައިފިއެވެ.

'އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ'ގެ ނަމުގައި ހުޅުމާލެ ހޮސްޕުޓަލުގައި އައިނު ފިހާރަ ރަަސްމީކޮށް ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

'ސަން' އާ ވާހަކަދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައެކޭ އެއްގޮތަށް އެތަނުން ލިބޭ ހުރިހާ ޚިދުމަތެއް މި ފިހާރައިން ވެސް ލިބޭނެ ކަމަށެވެ. އެގޮތުން ދުވާލަކު 34 އައިނާއި، 40 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް