ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް އެގްރޯނެޓް ބޯޓުތައް އެމްޓީސީސީގެ ދަށުން ހިންގަން ދޭން އެދިއްޖެ

ސަން

27 އޯގަސްޓު 2025 | ބުދަ | 8:57

ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓުގެ ބޯޓުތައް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދަށުން ހިންގުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ދަނޑުވެރިންގެ އުފެއްދުންތައް އެއް ރަށުން އަނެއް ރަށަށް ތާޒާކަމާއެކު އުފުލަން ޚާއްސަކޮށް، އެގްރި ބޯޓު އިފްތިތާހުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އަށެއްގައެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީގެ ދަށުން އުފައްދާފައިވާ ބޯޓެކެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެވުޒާރާއިން އެމްޓީސީސީއާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށްޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް އެމްޓީސީސީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް