ޒަމާންވީ ޖުޑީޝަރީ، ޒަމާނާ އެއްހަމަ ކުރުމުގެ ތަސައްވުރެއް އެބައޮތް: އުއްތަމަ ފަނޑިޔާރު

ސަން

27 އޯގަސްޓު 2025 | ބުދަ | 10:02

ޒަމާންވީ ޖުޑީޝަރީ، ޒަމާނާ އެއްހަމަ ކުރުމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމަކީ، އެ މަސައްކަތުގެ ފެށުން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ލޯންޗުކޮށްދެއްވުމަށް ފަހު އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވީ، ޒަމާންވީ ޖުޑީޝަރީ، ޒަމާނާ އެއްހަމަ ކުރުމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި، އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމަކީ އެ ތަސައްވުރުގެ ފެށުން ކަމަށެވެ.

އެ ސިސްޓަމްގެ ސަބަބުން ކޯޓުތަކުންދޭ އެންމެހާ ޚިދުމަތްތަކުގެ ދުވެލި ހަލުވިވާނެ ކަމަށް ޣަނީ ވިދާޅުވިއެވެ.

މައުޟޫޢުތަށް