ފަތުރުވެރިކަމުގެ އެއް ބާނީ އެމްޔޫ މަނިކުގެ އާލާސްކަންފުޅު ބޮޑުވެ، އައިސީޔޫގައި
ސަން
28 އޯގަސްޓު 2025 | ބުރާސްފަތި | 10:50
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ އާލާސްކަންފުޅު ބޮޑުވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި އެމްޔޫ މަނިކަށް ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދޭތާ މަހެއްހާ ދުވަސް ވަނީ ވެފައެވެ. އަދި މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޔޫ މަނިކްވަނީ، ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަތުރުވެރިކަމުގެ ދާއިރާ މި ގައުމަށް ތައާރަފުކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.