ބަންދުގައި ހުރި ޝައްމާން، އެސްޓީއޯއަށް ލައްކައެއްހާ ރުފިޔާ ދައްކަން ޖެހޭ މައްސަލައެއް

ސަން

28 އޯގަސްޓު 2025 | ބުރާސްފަތި | 9:41

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު، ހާބަރު ފުޑްކޯޓުގައި ހިންގާ ކެފޭގެ ކުލި ނުދައްކައި އޮވެގެން ކުރި ދައުވާ އެސްޓީއޯއިން އަނބުރާ ގެންގޮސްފިއެވެ.

މިއީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެސްޓީއޯއާއި ޝައްމާނާ ދެމެދު ވެފައިވާ ފުޑްކޯޓުގެ ކުއްޔާ ގުޅޭ އެއްބަސްވުމެއްގެ މައްސަލައެވެ. ސިވިލް ކޯޓުން ބުދަ ދުވަހު ނިންމި މި މައްސަލައިން އެނގޭ ގޮތުގައި ޝައްމާނާ އެކު އެސްޓީއޯން އެ އެއްބަސްވުން ހަދާފައިވަނީ އޮކްޓޫބަރު އަށެއް، 2023 ގައެވެ. އެއީ ރިޔާސީ އިންތިހާބު ނިމި، ވެރިކަން ބަދަލުވުގެ މަރުހަލާ ތެރެއެވެ.

މި މައްސަލައިގައި އެސްޓީއޯއިން ޝައްމާނާ ދެކޮޅަށް ދައުވާކުރި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ މަހެވެ. މާރިޗު މަހު ފަހުކޮޅުން ފެށިގެން ޝައްމާން ހުރީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ވާނުވާ ބަންދު ޖަހައިފައެވެ.

މައުޟޫޢުތަށް