މީޑިއާ ބިލުގައި އެއްބަސްނުވެވޭ ބައިވަރު ކަންކަން އެބަހުރި: އަސްވާޑް
ސަން
28 އޯގަސްޓު 2025 | ބުރާސްފަތި | 10:51
މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭ ބިލުގައި އެއްބަސްނުވެވޭ ބައިވަރު ކަންކަން އެބަހުރި ކަމަށް މި ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު އިއްޔެ، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބަލައިގެންފައެވެ. އަދި, އެ ބިލުގެ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފަށަން ވަނީ ތާވަލުކޮށްފައެވެ.
އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަން ނޫސްވެރިން މިއަދު ވެސް އަންނަނީ ރައީސް އޮފީސް ސަރަހައްދުގައި ހިމޭން އިހުތިޖާޖެއް ކުރަމުންނެވެ. މިނިސްޓަރު އަސްވާޑާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ވަނި ކަންބޮޑުވުން ފާޅުކުރަން ތިބި ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.