ޕާޓީ އުވާލަނީ ގާނޫނާ ހިލާފަށް، ސިޔާސީ ގޮތުން ހިމޭންކުރަން: އެމްޓީޑީ

ސަން

28 އޯގަސްޓު 2025 | ބުރާސްފަތި | 11:56

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)އުވާލަން އިލެކްޝަންސް ކޮމިޝަނުން (އީސީ)ން ނިންމި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި އެއީ ޕާޓީގެ އަޑު ކަނޑުވާލަން ކުރާ ކަމެއް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އީސީން ވަނީ ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ޝަރުތު ހަމަނުވާތީ އެ ޕާޓީ އުވާލަން ނިންމާފައެވެ.

އެމްޓީޑީން ނެރުނު ބަޔާނެއްގައި މިކަން ހާމަކުރަމުން ބުނެފައިވަނީ މިއީ ޤާނޫނާ ޚިލާފު އަދި ބޭއިންސާފު އަމަލެއް ކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީއާއި ސިޔާސީ ކަންކަމުގައި މިނިވަންކަމާ އެކު ބައިވެރިވުމުގެ އަސާސީ ހައްގަށް ހުރަސްއަޅަނީ ކަމަށް ތުހުމަތުކޮށްފައެވެ.

މައުޟޫޢުތަށް