ނޫސްވެރިން އުލުބައިންދާ ވާހަކައަށް ޚަލީލާއި އަސްވާޑުގެ ބަހެއް ނެތް

ސަން

28 އޯގަސްޓު 2025 | ބުރާސްފަތި | 12:16

ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވި މައްސަލައިގައި އެއްޗެއް ވިދާޅުވާން މި ސަރުކާރުގެ ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު ދެކޮޅު ހައްދަވައިފިއެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން އިއްޔެ ވަނީ މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ބަލައިގެންފައެވެ.

އޭގެ ކުރިން އެ ޖަލްސާގައި ވާހަކަދައްކަވަމުން މެޖޯރިޓީ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާ އަރިސް ފަލާހު ވިދާޅުވީ، ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށެވެ. އެ ވާހަކައާ ގުޅިގެން ފަލާހަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

މައުޟޫޢުތަށް