އަބްދުއްރަޙުމާންގެ މަރު: އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް

ސަން

28 އޯގަސްޓު 2025 | ބުރާސްފަތި | 12:35

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް މިއަދު ޖަހައިފިއެވެ.

ގޭގައި ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް އަބްދުއްރަހުމާނު މަރާލީ މިދިޔަ ޖުލައި މަހުގެ 13ގައެވެ.

އެ މައްސަލައިގައި އެ ރަށު ތިން ޒުވާނުން ހައްޔަރުކުރީ މި މަހު 21ގައެވެ. އެއީ، އާޝިދުގެ އިތުރަށް މުހައްމަދު ވިސާމްއާއި އަހުމަދު ފާރިސެވެ. އޭގެ ތެރެއިން ވިސާމާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އާޝިދުގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

މައުޟޫޢުތަށް