މިދިޔަ މަހު 1.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކުރި، އާމްދަނީ 222 ޕަސެންޓު އިތުރު

ސަން

28 އޯގަސްޓު 2025 | ބުރާސްފަތި | 7:40

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، މި އަހަރުގެ ޖުލައި މަހު ރާއްޖޭން މުދާ ބޭރުކޮށްގެން ލިބުނު އާމްދަނީ 222 ޕަސެންޓު އިތުރުވެފައިވާ ކަމަށް، ކަސްޓަމުން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ، މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭން 65 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު، މިދިޔަ ޖުލައި މަހު 210 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ 222 ޕަސެންޓުގެ އިތުރުވުމެކެވެ.

ހަމަ އެއާއެކު, މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާ އަޅައިބަލާއިރު، މިދިޔަ ޖުލައި މަހު ރާއްޖޭން ބޭރުކުރި މުދާ 57 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމުން ބުނެއެވެ.

މައުޟޫޢުތަށް