ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރަންވީ އެންމެން ގުޅިގެން: ފައިސަލް
ސަން
29 އޯގަސްޓު 2025 | ހުކުރު | 1:11
ގައުމުގެ ކުރިއެރުމަށް މަސައްކަތްކުރަންވީ އެންމެން ގުޅިގެން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޔުނިޓީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ކުޅިވަރުން އުފައްދައިދެނީ އެއްބައިވަންތަކަމާއި އެކުވެރިކަން ކަމަށެވެ. އެކަމުގެ ސަބަބުން ގުޅުން ގުޅުންތައް ބަދަހިވެ، ކުރިއެރުންތައް ހޯދޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އޭނާ ވަނީ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.