އެހެން ސަރުކާރުތަކަށް ވުރެ ގިނައިން ކަނދުފަތި އެޅީ މި ސަރުކާރުން: މިނިސްޓަރު ޝިޔާމް
ސަން
29 އޯގަސްޓު 2025 | ހުކުރު | 11:35
އެހެން ހުރިހާ ސަރުކާރަކަށް ވުރެ ގިނައިން ކަނދުފަތި އެޅީ މި ސަރުކާރުން ކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ، އަހަރެއްގެ ތެރޭ އެންމެ ގިނަ ކަނދުފަތީ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިދިޔަ އަހަރު ކަމަށެވެ. އަދި، އެއަށް ވުރެ ގިނަ ކަނދުފަތި މި އަހަރު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މިއީ ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއް ކަމަށެވެ.