ގުރައިދޫގައި 100 ރުއް އިންދައިދޭނެ ބަޔަކު ހޯދަނީ

ސަން

29 އޯގަސްޓު 2025 | ހުކުރު | 7:08

ކ. ގުރައިދޫއަށް 100 ރުއް ގެނެސް، އިންދައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.

އެ ރަށު ކައުންސިލުން ކުރި އިއުލާނުގައި ވަނީ ބޭނުންވާ ރުކުގެ ތަފްސީލާއި، މި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންވީ މައުލޫމާތުތައް ހާމަކޮށްފައެވެ.

އެގޮތުން ކައުންސިލުން ބުނި ގޮތުގައި، ހޯދަނީ 100 ރުކެވެ. ރުކުގެ ދިގުމިން ހުންނަންވާނީ، ކަދު ބުޑުން ފެށިގެން ރުކުގެ ފަންތަކުގެ ބުޑާ ހަމައަށް މައްޗަށް ހަތް ފޫޓާ، ދިހަ ފޫޓާ ދެމެދުގައެވެ. މި ކަމަށް ގެންނަ އެއްވެސް ރުކަކީ ބައްޔެއް ހުރެގެން ނުވާނެކަމަށް ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ރުކުގެ ބުޑުތައް މޫތަކާއެކު ހުންނަންވާނީ ކާދުގަނޑުގައި ކަމަށް ކައުންސިލުން ބުންޏެވެ.

މައުޟޫޢުތަށް