ރައީސް ގެންދަވަނީ ހައްގުތައް ނިގުޅައިގަންނަމުން، ފުރަތަމަ ހަމަލާ އަމާޒުވީ މީޑިއާއަށް: ހިއުމަން ރައިޓްސް ވޮޗް

ސަން

29 އޯގަސްޓު 2025 | ހުކުރު | 8:22

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އިންސާނީ ހައްގުތައް ނިގުޅައިގަންނަމުން ކަމަށާއި، އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ފުރަތަމަ ހަމަލާ އަމާޒުވީ މިނިވަން މީޑިއާ އަށް ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ހިއުމަން ރައިޓްސް ވޮޗުން މިއަދު ބުނެފިއެވެ.

ހިއުމަން ރައިޓްސް ވޮޗުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މީޑިއާތައް ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި، ލޯކަލް ކައުންސިލްތަކުގެ ބައެއް ބާރުތައް ހަނިވާގޮތަށް އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތައް އަނބުރާ ގެންދަން ގޮވާލައިފައެވެ.

އެ ޖަމިއްޔާއިން ބުނީ، މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހެޅި ބިލާއި ކައުންސިލްތަކުގެ ބާރުތައް ހަނިވާ ގޮތަށް ސަރުކާރުން ގާނޫނު އިސްލާހުކުރުމުގެ ސަބަބުން، 2008ވަނަ އަހަރު ފާސްކުރި ފެހި ޤާނޫނުއަސާސީގެ ކުރިން އޮތް ހާލަތަށް ރާއްޖެ ސޮއްސާލުމުގެ ބިރު އެބައޮތް ކަމަށެވެ.

މައުޟޫޢުތަށް