މުހައްމަދު އުމަރު މަނިކުގެ ޣައިބަށް ކުރެވޭ ކަށުނަމާދު އަސްރު ނަމާދަށް ފަހު

ސަން

30 އޯގަސްޓު 2025 | ހޮނިހިރު | 9:43

ރާއްޖޭގެ އިގުތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ފަތުރުވެރިކަމުގެ ދާއިރާ ތައާރަފުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު އުމަރު މަނިކުގެ ޣައިބަށް ކުރެވޭ ކަށުނަމާދު އިއުލާންކޮށްފިއެވެ.

ރިސޯޓުތައް ހިންގާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކް އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި މިއަދު އެ ގައުމުގެ ގަޑިން 6:30ގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 78 އަހަރެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޔޫ މަނިކް އަވަހާރަވީ އާލާސްކަންފުޅު ގޯސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުން ފަރުވާ ހޯއްދަވާތާ މަހެއްހާ ދުވަސްވީ ފަހުންނެވެ.

މައުޟޫޢުތަށް