ބަނގުރާ ވިއްކިކަމުގެ ތުހުމަތުގައި ތިން ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކޮށްލަނީ
ސަން
31 އޯގަސްޓު 2025 | އާދިއްތަ | 10:17
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.
ބުދަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި ސައިކަލެއް ބަލައި ފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ތިން މީހުންނެވެ. އެއީ، ސެނިތް ހެޝަން ވިކްރަމަސިންހަ (29އ) އާއި، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި ތިން މީހުން ވެސް ވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.