ސައިކަލެއްގައި ރާ އުފުލުމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ސަން
31 އޯގަސްޓު 2025 | އާދިއްތަ | 11:35
ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝް ރައްޔިތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ އެމްޑީ ޖަހަންގިރު ހޮސައިން، ބަންގްލަދޭޝް (35އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް، އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ނުވަ ފުޅި ފެނިފައިވެއެވެ.