8 ގައުމަކުން 347 ކުޅުންތެރިންނާ އެކު، ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން މާދަމާ ފަށަނީ

ސަން

31 އޯގަސްޓު 2025 | އާދިއްތަ | 12:30

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2025 ބެޑްމިންޓަން މުބާރާތް މާދަމާ، އެކުވެނި ބެޑްމިންޓަން ހޯލުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ދަ ބެޑްމިންޓަން ކްލަބްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތް، މި އަހަރުގެ ސެޕްޓެންބަރު ހައެއްގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޖުމުލަ އަށް ގައުމަކުން 347 ކުޅުންތެރިން ބައިވެރިވާ، މި ފޯރިގަދަ މުބާރާތަކީ ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ރަނގަޅު ފުރުސަތެއް ލިބޭނެ މުބާރާތެއް ކަމަށް ދިރާގުން ބުންޏެވެ.

މައުޟޫޢުތަށް