37 އަހަރުގެ ޚިދުމަތަށްފަހު ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރައްވައިފި
ސަން
31 އޯގަސްޓު 2025 | އާދިއްތަ | 1:59
ސިފައިންގެއަށް 37 އަހަރު ޚިދުމަތް ކުރެއްވި، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ނަޝީދު، ޝަރަފުވެރިކަމާ އެކު ސިފައިންގެ ޚިދުމަތުން ރޭ ރިޓަޔާކުރައްވައިފިއެވެ.
އެމްއެންޑީއެފުން ބުނީ ރޭ ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ނަޝީދާ ޙަވާލުކޮށްދެއްވި ކަމަށެވެ. ވެ
އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އެމްއެންޑީއެފުން ދޭ ސިޓީއާއި، އިޚްލާސްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ނަޝީދަށް ހަވާލުކޮށްދެއްވައިފައެވެ.