މޫސަ މަރާލުމުން، އޭނާއަށް ކުރިން ކޮށްފައި އޮތް ދައުވާތައް އަނބުރާ ގެންގޮސްފި
ސަން
31 އޯގަސްޓު 2025 | އާދިއްތަ | 9:44
ލ. މާވަށުގައި ވަޅިން ހަމަލާދީ އެ ރަށު، ނަލަހިޔާ، މޫސާ އިބްރާހިމް (29އ) މަރާލުމުން، އޭނާއާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.
ވަޅިން ހަމަލާދީ މޫސަ މަރާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހެވެ. އޭނާ މަރާލި މައްސަލައާ ގުޅިގެން، ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް (29އ)ވަނީ ހައްޔަރުކޮށްފައިވާއިރު އޭނާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސަ މަރާލިއިރު، އޭނާއާ ދެކޮޅަށް މާވަށު ކޯޓުގައި ދައުލަތުން ދައުވާ ކުރި ތިން މައްސަލައެއް އޮތެވެ. އެއީ، އަނިޔާއެއް ދިނުމުގެ ކުށުގެ ދެ ދައުވާއަކާއި، ބިރު ދެއްކުމުގެ ކުށުގެ ދައުވާއެކެވެ.