ޔާމީނާއި ރިލްވާންގެ މަރު: މުއާޒު 4 މިލިއަނުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ފަށަނީ
ސަން
1 ސެޕްޓެމްބަރު 2025 | ހޯމަ | 12:18
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި އަޙުމަދު މުއާޒް (ގަޓު މުއާ)ގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިސްތިއުނާފު ހައިކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި މުއާޒްގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފެވެ. މި މައްސަލަ ހައިކޯޓަށް ހުށަހެޅީ މުއާޒުގެ ފަރާތުންނެވެ.
މި މައްސަލައިގައި މުއާޒް ހިމެނޭހެން ތިން މީހަކަށް ދައުވާ އުފުލީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި މައްސަލަތަކާއި ގުޅިގެންނެވެ. އޭނާގެ އިތުރުން ދައުވާ ކުރީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހުމަދު އިސްމާއިލް (އަހަނދު)އަށެވެ.