ކުޅުދުއްފުށިން ނުކުންނަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފި
ސަން
1 ސެޕްޓެމްބަރު 2025 | ހޯމަ | 1:54
ފެން ކޭސްތަކެއް ބަރުކޮށްގެން ކުޅުދުއްފުށިން ނުކުންނަނިކޮށް ފަރަށް އެރި ބޯޓު މިއަދު ފުންކޮށްފިއެވެ.
ކުޅުދުއްފުށިން 500 އެއްހާ ފެން ކޭސް ބަރުކޮށްގެން ނުކުންނަނިކޮށް ހއ. ކެލައަށް ނިސްބަތްވާ "ޑީއެމްއެލް އެކްސްޕްރެސް 5" ފަރަށް އެރީ އިއްޔެ ހަވީރު 3:30 ހާއިރު އިންޖީނު ހުއްޓިގެންނެވެ.
"ސަން"އިން ސުވާލުކުރުމުން ކުޅުދުއްފުށީގެ ކައުންސިލަރު އިބްރާހީމް އަހްމަދު އިއްޔެ ވިދާޅުވީ، އެ ބޯޓު ފަރަށް އެރީ އެ ސިޓީގެ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތުން ކަމަށެވެ. ބޯޓު ފަރަށް އެރި ވަގުތު 500 އެއްހާ ފެން ކޭސް ކަމަށާއި، އެ ވަގުތު ތިބީ ހަތަރު ފަޅުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.