މީޑިއާ ބިލާ ދެކޮޅު ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން، ކޮމިޓީން މައްސަލަ ފުލުހަށް ހުށަހަޅަނީ

ސަން

1 ސެޕްޓެމްބަރު 2025 | ހޯމަ | 6:42

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރުދިން ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅަން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން ނޫސްވެރިންނާއެކު ބޭއްވި ހަތަރު ގަޑިއިރުގެ ބައްދަލުވުމުގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ، ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން ޚިޔާލު ފާޅުކުރުމުން އެ ނޫސްވެރިންނަށް ބައެއް މީހުން މަރުގެ އިންޒާރުދިން ކަމަށާއި، ބައެއް ނޫސްވެރިން ނުރައްކަލާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެހެންކަމުން އެއީ ކޮން ނޫސްވެރިންތަކެއްކަން ސާފުކޮށް، ފުލުހުންނަށް އެ މައްސަލަ ހުށަހަޅަން މީކާއީލް މިއަދުގެ ބައްދަލުވުމުގައި ހުށަހެޅުއްވިއެވެ.

މައުޟޫޢުތަށް