ޓްރެވެލް އެޖެންސީއަކާ ނުލާ އަމިއްލަ ގޮތުން ދަތުރުކުރާ ފަތުރުވެރިންގެ ފީތައް 15 ޕަސެންޓަށް ކުޑަކޮށްދީފި
ސަން
1 ސެޕްޓެމްބަރު 2025 | ހޯމަ | 7:42
ގައުމީ އެއާލައިން މޯލްޑިވިއަންއިން ރާއްޖެއަށް ދަތުރުކުރާ 'ފްރީ އިންޑިޕެންޑެންޓް ޓްރެވަލާ (އެފްއައިޓީ)' ފަތުރުވެރިން ނުވަތަ ޓްރެވެލް އެޖެންސީއަކާ ނުލާ އަމިއްލަ ގޮތުން ދަތުރުކުރާ ފަތުރުވެރިންގެ ފީތަކުން 15 ޕަސެންޓު ކުޑަކޮށްދީފިއެވެ.
މޯލްޑިވިއަނުން ބުނީ މިއީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ދާއިރާއަށް އެހީތެރިވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި ޓްރެވެލް އެޖެންސީއެއް ނުވަތަ ޓުއާ އޮޕަރޭޓަރެއްގެ އެހީތެރިކަމާ ނުލާ އަމިއްލަ ގޮތުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ ފީތައް އާއްމުގޮތެއްގައި އަގު ބޮޑުވާނެއެވެ.