ގެއްލުނު ކޮލަމާ ބޯޓު: ކެޕްޓަން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި

ސަން

1 ސެޕްޓެމްބަރު 2025 | ހޯމަ | 4:57

ގއ. އަތޮޅު ކޮލަމާފުއްޓަށް ނިސްބަތްވާ "ކޮލަމާ" ބޯޓު ގެއްލިގެން ހޯދަމުން ދަނިކޮށް، މިއަދު ބޯޓު ފެނިގެން ކެޕްޓަންއަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

"ފޭސްބުކް"ގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ކޮލަމާ ބޯޓު ލ. އަތޮޅުން ގއ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ހުވަދޫ ކަނޑަށް ދިޔަ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންވެ، ބޯޓާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތު ހިއްސާކުރުމަށް، ޕޯސްޓުގައި އެދިފައިވެއެވެ.

ކޮލަމާފުށީގެ ކައުންސިލަރު ރިޔާޒް ހުސައިން "ސަން"އަށް ވިދާޅުވީ، އެ ބޯޓުގައި ތިބީ ބިދޭސީ ފަޅުވެރިންނާއި ދިވެހި ކައްޕިއެއް ކަމަށެވެ.

މައުޟޫޢުތަށް