އަންހެނުންގެ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތައްކޮށް، ފަރުވާ ލަސްނުކުރުމަށް ސާޖިދާގެ އިލްތިމާސެއް
ސަން
1 ސެޕްޓެމްބަރު 2025 | ހޯމަ | 9:30
އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުން ހުރި ކަންކަމުގައި ދިރާސާ ކުރުމަށާއި ލަސްނުކޮށް ފަރުވާ ދޭން އިސްކަން ދިނުމަށް ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ފަސްޓް ލޭޑީ އެފަދައިން އިލްތިމާސްކުރެއްވީ، ސޮސައިޓީ އޮފް އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސާޖިދާ ވިދާޅުވީ، އެންޑޯމެޓްރިއޯސިސްއަށް ފަރުވާދިނުމުގައި ހުރި ފުރުޞަތުތަކާއި ބަލި ދެނެގަތުމުގެ އުކުޅުތަކާއި އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިޚުތިޔާރެއް ނޫން ކަމަށެވެ. އެކަމަނާ ވިދާޅުވި ގޮތުގައި، އެކަމަކީ ފަންނީ ބޭފުޅުން ކުރަން ޖެހޭ ކަމެކެވެ.