ދިވެހީންގެ މެހުމާންދާރީއާއި ސަގާފަތް ތަޖުރިބާކޮށްލެވޭ ގޮތަށް ސަން ސިޔާމް ރިސޯޓްތައް ރީބްރޭންޑްކޮށްފި
ސަން
1 ސެޕްޓެމްބަރު 2025 | ހޯމަ | 10:33
ދިވެހީންގެ ފުރިހަމަ ސަގާފަތާއި، ދިވެހިވަންތަ މެހުމާންދާރީ ފަތުރުވެރިންނަށް ތަޖުރިބާކުރެވޭހެން ސަން ސިޔާމް ރިސޯޓުތަކުގެ ޚިދުމަތްތައް މިރޭ ރީބްރޭންޑްކޮށްފިއެވެ.
ސަން ސިޔާމް އޮޅުވެލީގައި މިރޭ އޮތް ޚާއްސަ ހަފުލާއެއްގައި ވަނީ އާ ބްރޭންޑިން ތައާރަފުކޮށްފައެވެ. މި ހަފުލާގައި ސަން ސިޔާމް ގުރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސިޔާމް މުޙައްމަދާއި، ސަން ސިޔާމް ރިސޯޓުތަކުގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަން ސިޔާމް ރިސޯޓުތައް ރީބްރޭންޑް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަތުރުވެރިންނަށް ދިވެހިވަންތަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް