'ގައުމު ސަލާމަތް ކުރަން' އެމްޑީޕީން ސިލްސިލާ ހަރާކަތަށް ނުކުންނަނީ

ސަން

2 ސެޕްޓެމްބަރު 2025 | އަންގާރަ | 12:21

އެމްޑީޕީން ''ގައުމު ސަލާމަތްކުރުމަށް'' ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދިޔުމަށާއި އަންނަ މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް މިރޭ ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމެއްގައި އެގޮތަށް ފާސްކުރީ، މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

އެ ގަރާރަށް ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމް ތާއިދުކުރެއްވިއިރު، ގަރާރު ފާސްވީ އެ ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މައުޟޫޢުތަށް