ޕާޓީތަކަށް 28 މިލިއަން ރުފިޔާ ދޫކޮށްފި، ޕީއެންސީއަށް 13 މިލިއަން

ސަން

2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:33

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ތެރެއިން މި އަހަރު ޖުމުލަ 27.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތައް ހިންގަން ދޭންޖެހެއެވެ. އެ ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއްޔެ ބުނީ، މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވާ ފަސް ޕާޓީއަކަށް މެންބަރެއްގެ ބޮލަށް 193.23 ރުފިޔާގެ މަގުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް