ފަޔާ ޓްރަކްގެ ހޮޅިއެއް ފެޅި، ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދު
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:59
އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސްގެން، ވަގުތީ ގޮތުން ބަންދުކުރުމުން ދަތުރުތަކަށް ބުރޫއަރައިފިއެވެ.
އައްޑުއާއި ހުވަދުއާ ދެމެދުގައި ވަރަށް އެކަހެރިކޮށް, މުޅިން ވަކި އަތޮޅެއް ގޮތަށް އޮންނަ ފުވައްމުލަކަށް ދަތުރުކުރަނީ މޯލްޑިވިއަނުން އެކަންޏެވެ.
އެ އެއާލައިނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުގެ ސަބަބުން ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. މޯލްޑިވިއަންއިން ބުނީ، އޭގެ ސަބަބުން އަސަރު ކުރާނެ ފަސިންޖަރުންނަށް ގުޅާ، އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.