ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ އެގްޒިބިޝަން އަންނަ އާދިއްތައިގައި ފަށަނީ
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 1:27
ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ މަޝްހޫރު ބައިނަލްއަގުވާމީ މައުރަޒު، ލިލީ އިންޓަނޭޝަނަލް ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެގްޒިބިޝަން އަންނަ އާދިއްތަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
އެފްއެޗްއޭއެމް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ.
ދިވެހި އެކްސްޕޯ ސާވިސަސްއާއި ސީޑީސީ އިވެންޓްސް އެންޑް ޓްރެވެލްއިން އިންތިޒާމުކޮށްގެން ބާއްވާ މި އެގްޒިބިޝަނަކީ މީގެ ކުރިން ބޭއްވި މިފަދަ މައުރަޒުތަކަށްވުރެ ބޮޑު އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައިވެރިން ހިމެނޭ މައުރަޒަކަށް ވާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.