ޝައިނިންގ ސްޓާރ ލަވަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15ގެ ނިޔަލަށް
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 12:08
ސަން ސިޔާމް މީޑިއާގެ އެސްއެސްޓީވީ އާއި ޓައިމް އެކަޑަމީ އޮފް ޕަރފޯމިންގ އާޓްސް ގުޅިގެން އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ފަށާ, ކުޑަކުދީންގެ ލަވަކިޔުމުގެ މުބާރާތް - ޝައިނިންގ ސްޓާރ 2025ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 15 އަށް އިތުރު ކޮށްފިއެވެ. ކުޑަކުދިންގެ ލަވަ ކިޔުމުގެ ހުނަރު ދައްކާލަން ލިބޭ މި މުބާރާތް އިއުލާން ކޮށްފައިވަނީ, މިދިޔަ މިނިވަން ދުވަހު (ޖުލައި 26) ގައެވެ. އޭރު މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު މިދިޔަ އާދިއްތަ ދުވަހަށް ހަމަވިއިރު ގިނަ ކުދިންތަކެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނީ އިތުރު ކުދިން ބައިވެރިވުމަށް އެދެމުން އަންނާތީ ފަހު ފުރުސަތެއްގެ ގޮތުން, މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާނެ ކަމަށެވެ.
://../210078 މި މުބާރާތުގައި ބައިވެރިވުމަށް އެދި އެސްއެމްއެސް އެއް ފޮނުވީމާ އިންތިޒާމްކުރާ ފަރާތުން އެސްއެމްއެސް ފޮނުވި ނަންބަރާ ގުޅައި އިތުރު މަޢުލޫމާތު ހޯދާނެއެވެ. ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ:
() , ( 2747). މުބާރާތުގައި ބައިވެރިވުމުގެ އިދާރީ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއަކު 500 ރުފިޔާ ދައްކަންޖެހެއެވެ.