ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ގާބިލުކަމުގެ އޮނިގަނޑެއް އެކުލަވާލައިފި
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 2:25
ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެ މަސައްކަތްތަކަށް ބޭނުންވާ ފަންނީ ގާބިލުކަމުގެ އޮނިގަނޑެއް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފުރަތަމަ ފަހަރަށް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.
މިއަދު އޭސީސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އޮނިގަނޑު އިފުތިތާހުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު، ޑރ. މަޙްމޫދު ޝައުގީއެވެ.
އޭސީސީން ބުނީ މި އޮނިގަނޑު އެކުލަވާލާފައިވަނީ، ގާނޫނު އަސާސީއާއި ކޮމިޝަނުގެ ގާނޫނުން އޭސީސީއަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް އެކުލަވާލާފައިވާ ތަސައްވުރަށް ވާސިލުވުމަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ކަމަށެވެ.