ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތަށް ބޮޑު ތަރުހީބެއް

ސަން

2 ސެޕްޓެމްބަރު 2025 | އަންގާރަ | 5:45

ދިވެހިބަހާއި ސަގާފަތް ދިރުވައި އާލާކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިސްނަގައިގެން ކުރިއަށް ގެންދާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެފިއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ފެށި މި މުބާރާތަކީ ދިވެހިރާއްޖޭގެ ހުރިހާ އިސްކޫލު މަދަރުސާތަކާއި، މަތީ ތައުލީމުދޭ ކޮލެޖު ޔުނިވާސިޓީތަކާއި، އަމިއްލަ ފަރާތްތަކަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ.

ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 298 މީހުންނާއި ކުދިން ބައިވެރިވެފައިވާކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް