އާރްއޭސީއެލްއިން ހިންގާ ހުރިހާ އެއާޕޯޓުތަކެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފި
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:28
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދަށަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ ދަށުން ހިންގަމުން އައި ހުރިހާ އެއާޕޯޓެއް ބަދަލުކޮށް، އާރްއޭސީއެލް އުވާލުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއޭސީއެލްގެ ދަށަށް އާރްއޭސީއެލް ބަދަލުކޮށް، އާރްއޭސީއެލް އުވާލަން ސަރުކާރުން ނިންމައި އެކަން ހާމަކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. ނަމަވެސް އަހަރެއްވީއިރު ވެސް އެމްއޭސީއެލްގެ ދަށަށް އާރްއޭސީއެލްގެ ޚިދުމަތްތައް ފުރިހަމައަށް ބަދަލުކުރެވިފައެއް ނެތެވެ.
"ސަން"އިން ސުވާލުކުރުމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، އާރްއޭސީއެލްގެ އޮޕަރޭޝަންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރެވި، ނުވަ އެއާޕޯޓެއް އެ ކުންފުނީގެ ދަށަށް މިހާރު ބަދަލުކުރެވިފައިވާ ކަމަށެވެ.