އެސްޑީއެފްސީން ދޫކުރި 41 ޕަސެންޓު ލޯނުތަކަށް ގަވައިދުން ފައިސާއެއް ނުދައްކާ: އޮޑިޓް
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:48
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ ސަރުކާރުގެ ކުންފުނި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން 2019ވަނަ އަހަރުން 2023ވަނަ އަހަރުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޫކުރި ލޯނުތަކަށް ގަވައިދުން ފައިސާ ނުދައްކާތީ އެ ލޯނުތަކުގެ 41 ޕަސެންޓު ފައިސާ އަދިވެސް ނުލިބޭކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރު ޖެނެރަލް އޮފީހުން އާއްމުކުރި އެސްޑީއެފްސީގެ 2019-2023ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2019އިން 2024އަށް ފިނޭންސް މިނިސްޓްރީން 1.14 ބިލިއަން ރުފިޔާ އެސްޑީއެފްސީއަށް ދޫކުރިއިރު، 2023ގެ ނިޔަލަށް އެ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުން ވެފައި ވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް އެސްޑީއެފްސީގެ ރައުސްމާލުން 1،428 ފަރާތަކަށް ދޫކުރި 1.57 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 1.36 ބިލިއަން ރުފިޔާ އަދިވެސް އެ ކުންފުންޏަށް ނުލިބެއެވެ.