މިދިޔަ އަހަރަށްވުރެ 218 މިލިއަން ރުފިޔާ އިތުރަށް މުސާރައަށް ޚަރަދުކޮށްފި
ސަން
2 ސެޕްޓެމްބަރު 2025 | އަންގާރަ | 11:47
ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް މުސާރައަށް ކުރި ޚަރަދު، މިދިޔަ އަހަރަށްވުރެ އިތުރުވެއްޖެއެވެ.
މިއަހަރުގެ ބަޖެޓުގައި މުސާރައާއި އިނާޔަތާއި ޕެންޝަންގެ ގޮތުގައި 15.7 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާއްމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު'އިން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން މުސާރައާއި އިނާޔަތާއި ޕެންޝަންގެ ގޮތުގައި 9.4 ބިލިއަން ވަނީ ޚަރަދުކޮށްފައެވެ.