ފަޔާ ޓްރަކް ލިބުމާއެކު ފުވައްމުލައް އެއާޕޯޓަށް ދަތުރުތައް އަލުން ފަށައިފި

ސަން

3 ސެޕްޓެމްބަރު 2025 | ބުދަ | 9:07

އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކް ހަލާކުވުމުން އިއްޔެ ޚިދުމަތް ހުއްޓުނު އެއާޕޯޓު، މިއަދު އަލުން ހުޅުވައި ދަތުރުތައް ފަށައި، އާންމު ހާލަތަށް ގެނެސްފިއެވެ.

ފުވައްމުލަކު އެއާޕޯޓުގެ އަލިފާން ނިއްވާ ލޮރީގެ ހޮޅި ފަޅައިގެން ގޮސް ޓްރަކް ބޭނުން ނުކުރެވޭ ހާލަތަށް އައުމުން، އެ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިންކަަމަށްވާ މޯލްޑިވިއަންގެ ދަތުރުތައް ވެސް ވަގުތީގޮތުން މެދުކަނޑައިލިއެވެ.

ނަމަވެސް އިއްޔެ ހަވީރު ވަނީ އެއާޕޯޓަށް، އިތުރު ފަޔާ ޓްރަކެއް ގެންދިއުމުގެ މަސައްކަތް ފަށައިފައެވެ.

މައުޟޫޢުތަށް