މީޑިއާ ބިލާ ދެކޮޅަށް 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅައިފި

ސަން

3 ސެޕްޓެމްބަރު 2025 | ބުދަ | 3:36

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި، 151 ނޫސްވެރިންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން އިސްވެ ހުށަހެޅި އެ ޕެޓިޝަންގައި 41 މީޑިއާއަށް ނިސްބަތްވާ 151 ނޫސްވެރިން ސޮއިކުރި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޕެޓިޝަންގެ ސްޕޮންސާގެ ގޮތުގައި މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސެވެ.

މައުޟޫޢުތަށް