ޕީއެންސީ 4 މެންބަރަކާއި ނާޒިމް، މާލީ ބަޔާން ހާމައެއްނުކުރޭ
ސަން
3 ސެޕްޓެމްބަރު 2025 | ބުދަ | 4:38
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ހަތަރު މެންބަރަކާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސްކަން ކުރައްވާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް މާލީ ބަޔާން ހާމަނުކުރާކަން އެނގިއްޖެއެވެ.
މަޖިލީހުގެ އިދާރާއިން ވަނީ ޖުމުލަ 93 މެންބަރުންގެ ތެރެއިން 88 މެންބަރެއްގެ މާލީ ބަޔާން ހާމަކޮށްފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މިދިޔަ މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.