މަސްވެރިންގެ ޝަރަފުގައި އިހަވަންދޫގެ ޖެޓީ، ދޯންޏެއްގެ ޑިޒައިނަށް ހަދަން ޚިޔާލު ހޯދަނީ
ސަން
3 ސެޕްޓެމްބަރު 2025 | ބުދަ | 5:54
މަސްވެރިކަމަށް ރާއްޖޭގައި ވެސް މަޝްހޫރު ހއ. އިހަވަންދޫގެ ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ހިތްގައިމު ފާލަމަކާއި މޮނިއުމަންޓެއް ދޯންޏެއްގެ ޑިޒައިނަށް އަޅަން އެ ރަށު ކައުންސިލުން ނިންމައި، ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ރަށްތަކުގައި މޮނިއުމަންޓު އެޅުމަކީ މިހާރަކަށް އައިސް ވާދަވެރިކަމަކަށް އޮތީ ވެފައެވެ. ކޮންމެ ރަށަކުން ވެސް މަސައްކަތް ކުރަނީ ރަށް ރަމްޒުކޮށްދޭ ކަމެއް ނުވަތަ އެއްޗަކާ ގުޅުވައިގެން މޮނިއުމަންޓެއް ބިނާކުރުމަށެވެ. އެހެންވެ، އެކަމަށް ގިނަ ބައެއްގެ މެދުގައި އޮންނަ ޝައުގުވެރިކަން ވެސް ބޮޑެވެ.
އެގޮތުން، ހއ. އިހަވަންދޫ ކައުންސިލުން ވެސް ވަނީ އެރަށުގައި މޮނިއުމަންޓަކާއި ރަސްމީ ފާލަމެއް އެޅުމަށް ނިންމާފައެވެ.