މާލީ ބަޔާން ހުށަނާޅާ ޚަބަރާއެކު މެންބަރު ނިޒާރު ގޮވާލެއްވީ މީޑިއާ ތަޅު އަޅުވާ ބިލު އަވަސްކުރަން

ސަން

3 ސެޕްޓެމްބަރު 2025 | ބުދަ | 10:42

ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު މާލީ ބަޔާން ހާމަނުކުރާ ޚަބަރު މީޑިއާތަކުން މިއަދު ރިޕޯޓުކުރުމާއެކު އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު އެކަމާ ހިތްހަޖެހިވަޑައިނުގެން، މީޑިއާ ކޮންޓްރޯލް ބިލު އަވަސްކުރުމަށް ގޮވާލައްވައިފިއެވެ.

މަޖިލީހުގެ އިދާރާއިން ވަނީ ޖުމުލަ 93 މެންބަރުންގެ ތެރެއިން 88 މެންބަރެއްގެ މާލީ ބަޔާން މިއަދު ހާމަކޮށްފައެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ ތެރެއިން މިހާތަނަށް އެ އިދާރާއަށް ލިބިފައިވާ ހުރިހާ މާލީ ބަޔާނެއް މިހާރު ހާމަކޮށްފައިވާ ކަމަށެވެ. އެކަމަކު، ފަސް މެންބަރަކު މާލީ ބަޔާން ހާމައެއް ނުކުރެއެވެ.

މައުޟޫޢުތަށް