8 އޮޕަރޭޝަން ޑޮކްޓަރުން ހިމެނޭ ޓީމެއް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދަނީ
ސަން
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:37
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަށް އޮޕަރޭޝަން ޑޮކްޓަރުން ހިމެނޭ ޓީމަކުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ތިން ދުވަހުގެ ކޭމްޕެއްގައި ދިޔުމަށް ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީއާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން އެކޭމްޕު ބާއްވާނީ އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ކޭމްޕުގައި ހިމެނޭ ޑޯކްޓަރުންގެ ތެރޭގައި އެކި ބަލިތަކަށް ޚާއްސަ އޮޕަރޭޝަން ޑޮކްޓަރުން ހިމެނެއެވެ.