ހަތަރު މަސް އޮއްވައި، ސަބްސިޑީއާއި ދަރަންޏަށް ބަޖެޓުކުރި ފައިސާ ހުސްވެއްޖެ

ސަން

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:38

އަހަރުގެ ބާކީ ހަތަރު މަސް އޮއްވައި، ސަބްސިޑީއާއި ދަރަންޏަށް ބަޖެޓުކުރި ފައިސާ ހުސްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދައުލަތުން ސަބްސިޑީތަކާއި އެހީގެ ގޮތުގައި ދިން ފައިސާގެ އަދަދު 6.11 ބިލިއަން ރުފިޔާއަށް އަރައެވެ. އެ ދާއިރާތަކަށް 8.611 ބަޖެޓުކޮށްފައިވާއިރު، އެންމެ ބޮޑު އަދަދެއް ޚާއްސަކޮށްފައިވަނީ އާސަންދައާއި ސަބްސިޑީއަށެވެ.

އާސަންދައާއި ސަބްސިޑީއަކީ ވެސް ކޮންމެ އަހަރަކު ވެސް ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރަން ޖެހޭ ދެ ދާއިރާ ކަމަށްވާއިރު، މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބަލްކު ޕްރޮކިއުމަންޓުގެ އުސޫލުން ގަނޑުކޮށް ބޭސް އެތެރެކޮށް، އަގުތައް މުރާޖާކުރުމުން މިހާތަނަށް 10 ބޭހެއްގެ އަގު ދަށްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެެވެ.

މައުޟޫޢުތަށް