އަންނަ ހަފުތާގެ ބްލަޑް މޫން: އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެ
ސަން
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 12:31
އަންނަ އާދިއްތަ ދުވަހުގެ ރޭ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަނދުކޭތަ ހިފާއިރު، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ބޮޑު ސަރަހައްދަކަށް 'ބްލަޑް މޫން'އެއް ފެންނާނެ ކަމަށް ލަފާކޮށްފިއެވެ.
ހަނދުކޭތަ ހިފަނީ އިރާއި ބިމާއި ހަނދު ސީދަލަށް އެތުރި، އިރުގެ އަލިކަމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅުމުގެ ސަބަބުންނެވެ. އަދި ހަނދު ފުސް ރަތް ކުލައެއްގައި ފެންނަނީ ނުވަތަ ބްލަޑް މޫންއަކަށް ވަނީ އިރުގެ ބައެއް ދޯދިތައް ދުނިޔޭގެ ޖައްވުން ގޮސް ހަނދަށް އެޅޭތީ އެވެ.
ފަލަކީ އިލްމުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަބްދުﷲ ރަޝީދު (ލިނެޓް) ވިދާޅުވި ގޮތުގައި، އަންނަ އާދިއްތައިގައި ހިފާ ހަނދުކޭތަ އެންމެ ފުރިހަމައަށް ފެންނާނެ އެއް ގައުމަކީ ރާއްޖެއެވެ.